ތިންވަނަބައި- އިސްލާމީ ދައުލަތެއްގެ އިސްވެރިކަމަށް އަންހެނުން ޢައްޔަންކުރުން
އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމީ ދައުލަތެއްގެ އިސްވެރިކަމަށް އަންހެނަކު އިސްކުރުން
އަންހެނާއަށް އިސްލާމީ ޤައުމެއްގެ ވެރިކަން ކުރުން ހުއްދަނޫންކަމުގައި މިއުންމަތުގެ ބޮޑެތި ހުރިހާ ޢިލްމުވެރިންވަނީ އެއްބަސްވެ ވަޑައިގެންފައެވެ

القرآن الكريم
އެއްވަނަ ދަލީލު : ( الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ ) [4] މާނައީ: [ފިރިހެނުންނަކީ އަންހެނުންގެ މައްޗައް އިސްކަން ލިބިގެންވާ ބައެކެވެ. އެއީ އެދެބައިމީހުން އެއްބައެއްގެ މައްޗައް އަނެއްބަޔަކު ﷲ މާތްކުރައްވައި އިތުރު ކުރައްވާފައިވާކަމަށްޓަކައެވެ. އަދި ފިރިހެނުން އެބައިމީހުންގެ މުދަލުން ހޭދަކުރާ ކަމަށްޓަކައެވެ. ]
މިއާޔަތުން ދަލީލުކޮށްދޭ ގޮތުގައި، ފިރިހެނާ ވަނީ ޙަޔާތުގެ މުހިއްމު ކަންކަމުގައި
މިހެންކަމުން އަންހެނަކަށް ވެރިކަން ދެވޭނަމަ އެއީ ފިރިހެނާގެ މައްޗައް އެއަންހެނާއަށްދެވޭ އިސްކަމެކެވެ. މިހެންކަމުން އެކަން މިއާޔަތާއި ތަޢާރުޟްވެއެވެ. ވީމާ އަންހެނަކަށް ދައުލަތެއްގެ އިސް ވެރިކަން ދިނުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ.
މިއާޔަތުގެ މަފްހޫމު ގައި ޑޮކްޓަރ އަފްރާޝީމް ގެންނަވާފައިވާ ވާހަކަ ބަޔާންކޮށްލާނަމެވެ. އޭނާގެ ވާހަކަ ތިރީގައި އެވަނީއެވެ. (ޑރ އަފުރާޝީމްގެ ވާހަކަ

އިސްވެ ބަޔާންވެ ދިޔައީ ޑޮކްޓަރ އަފްރާޝީމްގެ ވާހަކައެވެ. އޭނާގެ މިވާހަކަ ތަކަށް ކުރުކޮށް އަޅުގަނޑު އަރުވާނޭ ޖަވާބަކީ، އެއާޔަތަކީ ތިޔަ ވިދާޅުވާ ގޮތުން ޢާއިލާއާ ބެހޭ އާޔަތެއްކަމުގައި ވިޔަސް، އެއީ ޑޮކްޓަރ އަފްރާޝީމްގެ ވާހަކަ އަށް ހުރި ވަރުގަދަ ރައްދެކެވެ. ފަހެ، ޢާއިލާގެ ތެރޭގައި އެ ކުޑަކުޑަ މުޖުތަމަޢުގައި އެ ކުޑަ ކުޑަ ގޭތެރޭގައި އިދާރީ ހިންގުމުގައި އިސްކަން ލިބިގެން ނުވާ މީހަ


ޤައުމުގައި ހަމަނުޖެހުން ބޮޑު، މާރާމާރީ ހިންގައި، އަމަން އަމާންކަންގެއްލި، ނުރައްކާތެރި ޙާލަތަށް ދާ ހިނދު، ފިރިހެނުން ވެސް މިކަންކަމުގެ ކުރިމަތީގައި އެ ހިފަހައްޓާލެވެނީ ހަމަ ކިރި


ނިކަން ބައްލަވާށެވެ! އިހަށް ދުވަހު، ހއ. ހޯރަފުށީގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަށް އެދުވުނު ފަދަ ނުރައްކާތެރި ޢުދުވާނީ ޙަމަލާއެއް، އަންހެންނަކު ވެރިޔަކަށް ހުރެގެން އެމީހަކަ ކުރިމަތިވި ނަމަ، ވާނޭ ގޮތް ދެނެވޮޑިގެންވަނީ ﷲ އެއެވެ. ނަމަވެސް ރައީސަކީ ހިއްވަރުފުޅުގަދަ ފިރިހެން ބޭފުޅެއްކަމުން، ވިސްނުންފުޅު ތޫނުކަމާއި ހުޝިޔާރުކަމުން، ސަލާމަތްވެވަޑައިގަތެވެ. އަދި އެކަމުގެ ސަބަބުން އެމަނިކުފާނުގެ ޢަޒުމަކަށް، ހިތްމަތަކަށް އިންތިޚާބަށްޓަކައި ކުރައްވާ ކެންޕޭނަކަށް

އަންހެންނަށް މިފަދަ ނުރައްކާތެރިކަންކަމާއި ކުރިމަތި ލުމަކީ ވަރަށް ދަތިކަމެކެވެ. މިއީ ވިސްނައިފި ކޮންމެ މީހަކަށް އެނގިފާޅުވެދާނެ ކަމެކެވެ. މުޅި ޤައުމުގެ އިދާރާ ހިންގުމާއި، ލަޝްކަރުތަކުގެ ވެރިކަންކުރުމާއި، ބައިތުލްމާލަށް ވާނުވާ ބެލުމާއި، ވަޒީރުން އައްޔަންކުރުމާއި، ބައިނަލްއަޤުވާ ގުޅުން ދެމެހެއްޓުމާއި ހަނގުރާމަ އިޢުލާންކުރުމާއި، ދަރިން ވިހެއުމާއި، ފިރިމީހާގެ އެދުން ފުއްދައިދިނުމާއި، އޭނާއަށް ޚިދުމަތްކުރުމާއި، ދަރީންތަރުބިޔަތުކުރުމާއި، މިއީ އެއްފަހަރާ އަންހެނަކަށް ވާނޭ ކަންތައްތަކެއްތޯއެވެ؟ މިކަމުގައި ﷲ ގެ ރަޙްމަތްފުޅު ބޮ

އަންހެނުންނަށް ވެރިކަން ދޭށޭ މިއާޔަތުގައި އެބައޮތްތޯއެވެ؟ އަނެއް ކޮޅުން އަނިޔާއަކީ ފަހެ ކޮބައިތޯއެވެ؟ އެ މީހަކާ އެކަށީގެން ނުވާ ކަމެއްގެ މަސްއޫލިއްޔަތު އެމީހެއްގެ ބޮލުފައި އެޅުވުމަށް ވުރެ، ބޮޑު އަނިޔާއެއް އޮންނާނެ ހެއްޔެވެ؟ އަނެއްކޮޅެއް، އަންހެނުންނަށް ވެރިކަން ދިނުން ހުއްދަކަމުގައި ދައްކަން މިދަލީލު ނެގުން، ފުރަތަމަ އެއީ ވަރަށް ބޮޑު އަނިޔާވެރިކަމެކެވެ. ﷲގެ އާޔަތްތައް އޭގެ މުރާދުން އެއްކިބާކޮށް، ޝަރުޢުގެ

ދެން ތިޔަވިދާޅުވަނީ މިއާޔަތުގައި އެވާ ( االنساء ) އޭގެ މާނައަކީ އަނބީންނެވެ. ( الرجال ) އެއީ ފިރިންނެވެ. ނަމަވެސް ހުރިހާ ފިރިހެނުންނޫން

އިސްލާމްދީނުގެ އެންމެ ބޮޑެތި މުފައްސިރުންގެ ތެރެއިން އަލްއިމާމު އިބުނު ކަޘީރު ހިމެނިވަޑައިގަންނަވައެވެ. އިމާމު އިބުނު ކަޘީރަކީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިއެއް ނޫނެވެ. މިހެން މިދެންނެވީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިން މިކަމާ ދެކޮޅުހައްދަވާ ވާ

އިމާމު އިބުނު ކަޘީރު ވިދާޅުވެފައިވެއެވެ:
{ يقول تعالى: { الرِّجَالُ قَوَّامُونَ عَلَى النِّسَاءِ } أي: الرجل قَيّم على المرأة، أي هو رئيسها وكبيرها والحاكم عليها ومؤدبها إذا اعوجَّت { بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ


މިވާހަކަތަކުން، ޑޮކްޓަރ އަފްރާޝީމްގެ ގެންނަވާފައިވާ ވާހަކަތަކަށް ޖަވާބު އެރުވިއްޖެކަމުގައި ހީކުރަމެވެ.

ދެވަނަ ދަލީލު : ( وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ) މާނައީ : [ފިރިހެނުންވަނީ އެކަނބަލުންގެ މައްޗައް ދަރަޖައެއް މަތިވެރި ކުރައްވާފައެވެ.]
މި އާޔަތުގައި މި ބަޔާންކުރާ [ މަތީ ދަރަޖަ ] އަކީ އިސްކަމާއި، ވެރިކަން ފަދަ ކަންކަންކަމުގައި އަލްއިމާމު ސުފިޔާނުއްޘައުރީ ޒައިދު ބުނި އަސްލަމުގެ އަރިހުން އިމާމު އިބުނު އަބީ ޙާތިމު

މިއާޔަތުން ދޭހަކޮށްދޭގޮތުގައި ފިރިހެނުންނާއި އަންހެނުންނާއި ކޮންމެ ބަޔަކަށްވެސް ޙައްޤުތަކެއް ދެއްވާފައިވެއެވެ. އަދި އެކަކު އަނެކަކާމެދު އަދާކުރަންޖެހޭ ވާޖިބުތަކާއި، ޙައްޤުތަކެއްވެސް ވެއެވެ. އަދި މީގެ އިތުރުން ފިރިހެނުންނަށް ވަކި ޚާއްޞަ މަތިވެރި ދަރަޖައެއް ދެއްވާފައިވާ ކަމަށް މި އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ.

މިހެންކަމުން އަންހެނަކަށް އިސް ވެރިކަން ދިނުމަކީ މިއާޔަތާ ތަޢާރުޟްވާނެ ކަމެކެވެ. ވީމާ އަންހެނާއަށް ވެރިކަން ދިނުމަކީ ހުއްދަވެގެންވާ ކަމެއްނޫންކަން މިއާޔަތްތަކުން ދޭހަވާ ކަމުގައި ޢިލްމުވެރިން ދެކިލައްވައެވެ.
މިއީ ފަހަރެއްގައިވެސް އަންހެނުންނަށް ދެވުނު ނިކަމެތިކަމެއްނޫނެވެ. އިސްލާމީ ޝަރީޢަތުގައި ބައެއް ޙާލަތްތަކުގައި ފިރިހެނުންނަށް ވުރެން އަންހެނު

السنة النبوية
އަންހެނުން ޤައުމެއްގެ ވެރިކަމަށް އިސް ނުކުރެވޭނޭ ކަމަށް ދޭހަކޮށްދޭ އެތައް ޙަދީޘްފުޅުތަކެއް ވެއެވެ. ޝަރުޢުގެ ދަލީލުތަކުން، ޝަރުޢީ ޙުކުމް ނެގޭނީ ހަމަ އެކަނި ދަލީލުން ޝަރުޢީ ޙުކުމް ޞަރީޙަކޮށް އެނގެން އޮތުމުން އެކަންޏެއްނޫނެވެ. ޙުކުމް ނެގޭ އެތައް ގޮތެއްވެއެވެ. އޭގެ ތެރޭގައި ޞަރީޙަކޮށް ޙުކުމް ބަޔާންވެފައި އޮތުމާއި، ނައްޞުން ވަކި ޙުކުމެއް ދޭހަކޮށްދިނުމާއި، ޙުކުމަކަށް އިޝާރާތްކުރައްވާފައިވުމާއި މިފަދަ އެތައް ގޮތެއް ވެއެވެ.

އަންހެނުން ދައުލަތުގެ ވެރިކަމަށް އައްޔަން ނުކުރެވޭނޭ ކަމަށް އައިސްފައިވާ ޙަދީޘްތަކުގެ ތެރެއިން އެންމެ ވަރުގަދަ ޙުއްޖަތަކީ އަންނަނިވި ހަދީޘެވެ. މި މައްސަލައިގެ ޖަދަލު ބިނާވެފައިވަނީ މިޙަދީޘްގެ މައްޗަށެވެ. ބައެއް މީހުން މިހަދީޘް ބަޔާންކުރެއްވީ ސަބަބަކާ ގުޅިގެންކަމުގައިވެފައި އެސަބަބަށް ޚާއްޞަކުރެއެވެ. ހަމަކަށަވަރުންވެސް މިއީ އިސްލާމީ އުޞޫލުލްފިޤުހުގެ ހަމަތަކާ ޚިލާފު ކަމެކެވެ.
ކިސްރާގެ އަންހެންދަރިކަނބަލުން ފާރިސްކަރައިގެ ވެރިކަމަށް އިސްކުރެވުނު ޚަބަރު ކީރިތި ރަސޫލާއަށް ލިބިވަޑައިގަތުމުން އިތުރު رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައިވަނީ

މިޙަދީސް ރިވާކުރައްވާފައިވަނީ رواه البخاري ޙަދީޘް ނަމްބަރ: ( 4163 ) بابُ كتاب النبيِّ صلَّى الله عليه وسلَّم إلى كسرى وقيصر މިޙަދީޘްގެ މާނައަކީ: [ އެބައެއްގެ މައްޗައް އަންހެނަކު ވެރިކޮށްފި ބަޔަކު ދުވަހަކުވެސް ކާމިޔާބު ނުވާ ހުއްޓެވެ. ]
މިޙަދީޘް الإمام أحمد އެކަލޭގެފާނުގެ މުސްނަދުގެ ( 20402 ، 20474 ، 20477 ) ގައި މިލަފުޒު ( أَسْنَدُوْا أَمْرَهُمْ إِلَى امْرأة ) ގެންނަވާފައިވެއެވެ. އަދި ( 20438 ، 20478 ، 20517 ) ގައި މިލަފުޒު: ( تَمْلِكُهم امرأة) ގެންނަވާފައިވެއެވެ.
އަދި ( 20508 ) ގައި ( ماَ أَفْلَحَ قَوْمٌ تَلِيْ أَمْرَهُمْ امْرَأَةٌ ) މިލަފުޒު ގެންނަވާފައިވެއެވެ. އަދި الإمام النسائي އެކަލޭގެފާނުގެ سنن ގެ كتاب القضاء ގެ( 5388 ) : باب النهي عن استعمال النساء في الحكم ގައި ( لَنْ يُفْلِحَ قَوْمٌ وَلَّوْا أَمْرَهُمْ امْرَأَةٌ)

އަދި الإمام ابن أبي شيبة ޙަދީޘް ނަމްބަރ ( 3778)، އަދި الإمام البزارޙަދީޘް ނަމްބަރ ( 3649 ) ، އަދި الإمام الطيالسي ޙަދީޘް ނަމްބަރ ( 878 ) ، الإمام ابن حبان ޙަދީޘް ނަމްބަރ ( 4516 ) ، الإمام الحاكم وصححه ޙަދީޘް ނަމްބަރ ( 7790 )، الإمام ابن الشهاب އެކަލޭގެފާނުގެ مسندގެ ޙަދީޘް ނަމްބަރ ( 86 ) ގެންނަވާފައިވެއެވެ.
ސުންނަތުގެ އެތައް އެތައް ދަންނަބޭކަލުން މިޙަދީސް ރިވާކުރައްވާފައިވެއެވެ. ޞައްޙަ ކުރައްވާފައިވެއެވެ. މި ޙަދީޘް އިމާމު ބުޚާރީ ރިވާކުރައްވާފައިވުމުން، މީގެ ޞައްޙަކަމާމެދު ސުވާލު އުފެދުމުގެ ހުރިހާ ދޮރެއް އެވަނީ ބަންދުވެފައެވެ. އިމާމު ބުޚާރީ ގެ ޞަޙީޙު ގައިވާ ޙަދީޘްފުޅުތައް ޟޮޢީފްކުރުމަށް މުސްތަޝްރިޤުންނާއި އެބައިމީހުންގެ އުނގުން ތަރުބިޔަތުވެފައި ތިބި މީހުން މަސައްކަތްކުމުގައި ޙުއްޖަތެއްނެތެވެ. ޙުއްޖަތަކީ މިއުންމަތުގެ ބޮޑެތި ދަންނަބޭކަލުންގެ ބަސްފުޅެވެ. އެއިން އެއްވެސް

މި ޙަދީޘާ ބެހޭ ގޮތުން ޑޮކްޓަރ އަފްރާޝީމް ދައްކަވާފައިވާ ވާހަކަ ތިރީގައި ބަޔާންކޮށްލާނަމެވެ. (ޑރ އަފްރާޝީމްގެ ވާހަކަ އުނިކޮށްފައި)
ރައްދު :
ފުރަތަމަ ކަމަކީ ، އަލްއަޚް ޑޮކްޓަރ އަފްރާޝީމް ޙަދީޘް މާނަކުރައްވާފައިވަނީ ޙަދީޘްގެ ރޫޙާ ޚިލާފަށެވެ. އޭނާ ވިދާޅުވަނީ [لن يفلح قوم ولوا أمرهم امرأة] މި ޙަދީޡްފުޅުގެ މާނައަކީ "އަންހެނެއްގެ ވެރިކަމުގެ ދަށުގައިވާ ޤައުމަކަށް ދުވަހަކުވެސް ކާމިޔާބެއް ނުލިބޭނެއެ

ޙަޤީޤަތުގައި ވެސް މިއީ މިބަސްފުޅުގެ ޙަޤީޤީ މާނަތޯއެވެ؟ މިޙަދީޘްގެ މާނަ ރަނގަޅަށް ކުރައްވައިފި ނަމަ، އަންނާނީ މިފަދަ ގޮތަކަށެވެ. [އެބައެއްގެ ވެރިކަމަށް އަންހެނަކު އިސްކޮށްފި ބައަކަށް ދުވަހަކުވެސް ކާމިޔާބެއްނެތެވެ.] މީގައި ކީރިތި ރަސޫލާ صلى الله عليه وسلم އެބަޔާންކުރައްވާ ޢިއްލަތަކީ " އިސްކުރުމެވެ، ނުވަތަ ވެރިކުރުމެވެ، ނުވަތަ، ޙަވާލުކުރުމެވެ. " އެއީ އެކަމުގެ ތަކްލީފު ﷲ ޖައްސަވާފައިނުވާ މީހަކަށް އެކަން ޙަވާލުވުމުން ދުރުވެގަތުމަށް އައިސްފައިވާ ބަސްފުޅެކެވެ. ޙަދީސްގައި ވާރިދުވެފައިވާ ( ولوا ) މިލަފްޒުގެ މާނައަކީ " ތިމާމެންގެ ކަމެއް އެހެންމީހަކާ ޙަވާލު ކުރުން، ނުވަތަ، ތިމާމެންގެ ކަމަކަށް އެހެން މީހަކު އިސްކުރުމެވެ. " އަފްރާޝީމްގެ ތަރުޖަމާއިން މި މާނަ ދޭހަވާ ޢިބާރާތެއް ނެތެވެ.
އަފްރާޝީމް މާނަކުރައްވާފައިވާ ގޮތުގައި ގޯހެއް ނެތްކަމަސް ބައެއް މީހުންނަށް ހީވެދާނެއެވެ. ނަމަވެސް ޙަޤީޤަތަކަށް އެބުރިލަމާ ހިންގަވާށެވެ. އަންހެނަކު، ގަދަކަމަށް ، ނުވަތަ ޢަސްކަރީބޭނުންކޮށްގެން، ނުވަތަ ވޯޓު އޮޅުވާލައިގެން، ނުވަތަ ނުފޫޒުގެ ބޭނުންކޮށްގެން، ނުވަތަ އޭނާގެ ޢާއިލާގެ އެހީގައި، ނުވަތަ އެނޫންވެސް ގޮތަކުން ރައްޔިތުންގެ ރުހުމެއް އިޚްތިޔާރެއް ނެތި ވެރިކަމަށް އައިސްފާނެއެވެ. މިއީ މިފަދަ ޒަމާނެއްގައި މާ ދުރުގައިވާ ކަންކަމެ ވެސް ނޫނެވެ. އަފްރާޝީމްގެ ޙަދީޘް މާނަކުރި ގޮތުން މިޙާލަތުގައި އެނުބައިކަމުގައި ރައްޔިތުން އެބަޝާމިލްވެއެވެ. މިޙާލަތުގައި ރައްޔިތުންގެ އެއަންހެނާގެ ދަށުގައި ތިބެންޖެހުމުގެ ކުށަކީ ކޮބައިތޯއެވެ؟ އެމީހުން އެއަންހެނާގެ ވެރިކަމުގެ ދަށުގައި އެތިބީ އެމީހުންގެ އިސްކޮށްގެން ނޫނެވެ. އެމީހުންގެ އިޚްތިޔާރުގައި ނޫންނެވެ. ﷲ އެއްވެސް ބަޔަކަށް އަނިޔާވެރިވެވޮޑި ނުގަންނަވައެވެ. އެހެންކަމުން، އެޙާލަތުގައި ރައްޔިތުންގެ ކުށެއް ނެތެވެ. ރައްޔިތުންގެ މައްޗައް އޮތީ ޙައްޤު ބަޔާންކުރުމާއި، އިޞްލާޙުކުރުމަށް މަސައްކަތްކުރުމެވެ.
ނަމަވެސް އެމީހުންގެ އިޚްތިޔާރުގައި އެމީހުންގެ ރުހުމުގައި ވެރިކަމަށް އެމީހުން އަމިއްލަ އަށް އަންހެނަކު އިސްކުރުން ތަފާތު ކަން ބުއްދި ބާލިޣުވެފައިވާ ކޮންމެ އަޅަކަށް ވިސްނޭނެއެވެ. ވީމާ ރަސޫލާގެ ބަސްފުޅުގައި އެއަންނަނީ އެވާހަކައެވެ. ވީމާ ޙަދީޘްތައް ރަނގަޅަށް މާނަކުރައްވާށެވެ. ރަނގަޅަށް ތަރުޖަމާ ކުރައްވާށެވެ. ނޫނީ ދީނުގެ މަގު މީސްތަކުންނަށް އޮޅި އެތައް ފިތުނައެއް ކުރިމަތިވެދާނެއެވެ.
އަނެއް ކޮޅުން އަފްރާޝީމް މާނަކުރައްވާ ފައިވާ ގޮތުން، ގޯސްވަނީ އަންހެނާނެއެވެ. އަންހެނާއަށް ދީނުގައި އެތަކުލީފް ނުޖައްސަވާފައިވަނީ އޭނާ ގޯސްވެގެންނޫނެވެ. އަސްލު ތަރުޖަމާ އަށް ދިއުމުން، އެނާއާއި ތަކްލީފު ޖައްސާފައިނުވާކަމަކަށް އޭނާ އިސްކުރުމުން، ކާމިޔާބު ލިބުމެއް ނެތީ ރައްޔިތުންނަށް ކަމުގައިވެއެވެ. ޑޮކްޓަރ އަފްރާޝީމް ގެންނަވާ މާނައިން ޙަދީޘްގެ މަފްހޫމް މުޅިން އޮޅުނީއެވެ.

ދެވަނަ ކަމަކީ ޑޮކްޓަރ އަފްރާޝީމް ޙަދީޘް ލިޔުއްވާފައިވަނީ ނުބައި ކޮންނެވެ. ޢަރަބި ބަހުގެ ޤަވާޢިދާ ޚިލާފަށެވެ.( إمرأة ) މި ލަފްޒުގެ ފުރަތަމަ އެއޮތް އަލިފުގެ ތިރީގައި ކުރު އަލިފު ލިޔުމަކީ ޢަރަބި ބަހުގެ ޤަވާޢިދާ ޚިލާފު ކަމެކެވެ. މިލަފްޒުގެ ކުރީގައި އެވަނީ ( ހަމްޒަތުލްވަޞްލެކެވެ. ) ވީމާ އެލަފްޒުގެ ކުރީގައި އެވާ އަލިފުގެ ތިރީގައި ކުރު އަލިފު އޮތުމަކީ ޢަރަބި ބަހުގެ އުޞޫލާ ޚިލާފު ކަމެކެވެ. އެ ގޮތަށް ކުރު އަލިފު އޮންނާނީ ( ހަމްޒަތުލްޤަޠުޢު ) ގައެވެ. އެއީ ގުޅުވައިގެން ކިޔާއިރު އަލިފު ފާޅުވާ ލަފްޒުތަކުގައެވެ. މި ލަފްޒުގަވާ ފެށުމުގައި އެވާ އަލިފަކީ އޭގެ ކުރީގައި އެވާ ބަޔާ ގުޅުވައިގެން ކިޔާއިރު، ފާޅުނުވާ އަލިފެކެވެ. ނަމަވެސް ވަކިން ކިޔާއިރު ފާޅުވާނެއެވެ. ނަމަވެސް ވަކިން ލިޔާއިރު އަލިފުގެ ތިރީގައި އެކުރު އަލިފު ނޯންނާނެއެވެ. ވީމާ މިފަދަ ކުށްތައް ވެސް ފިލުވާލައްވަންވާނެއެވެ. ޢަމުދުން ދީނުގެ ނުޞޫޞްތައް ލިޔުއްވަން ވާނީ އެއައިސްފައިވާ ގޮތަށެވެ.
ޑޮކްޓަރ އަފްރާޝީމް އެދައްކަވާފައިވާ ވާހަކަތަކަކީ ޢިލްމީ ޙަޤީޤަތް ތަކުން އެއްކިބާވެފައިވާ ވާހަކަފުޅުތަކެކެވެ. އޭނާ ގެންނަވާފައިވާ ގޮތައް ނުކުތާއަކުން ނުކުތާއަކުން ރައްދުދޭނަމެވެ.
-ނު

No comments:
Post a Comment